މުނިފޫހިފިލުވުން

ލޮކްޑައުން ގެ ސަބަބުން ކިމް އާ ފިރިމީހާ ވަރަށް ރުޅި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ސަބަބުން ގޭގައި މަޑުކުރަން ޖެހި ކިމް ކާޑޭޝަން އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓާއި ދެ މީހުންގެ ދޭތެރޭގައި ވަރަށް މައްސަލަތައް ޖެހިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން މި މައްސަލަތައް ދިމާވެފައިވަނީ ދެ މީހުން ވެސް ގޭގައި ވަގުތު ކުރަން ޖެހި ގިނަ ކަންތައްތަކަށް އެއްގަލަށް ނޭރުވުމުގެ ސަބަބުން ކަމަށް ވެސް ޓީއެމްޒެޑް އިން ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން ވެސް މި ދެ ބައިވެރިން ވަނީ ދާދި ފަހުން އެމީހުންގެ ކައިވެންޏަށް 6 އަހަރު ފުރުން ފާހަގަކޮށްފައެވެ. އަދި ކާންޔޭ ކިމް އަށް ދިން ފިނިފެންމަލުން ހަދާފައިވާ 6، ކިމް ވަނީ މީސް މީޑިއާ ގައި ވެސް ހިއްސާކޮށްފައެވެ.

ނަމަވެސް ޓީއެމްޒެޑް އިން އިތުރަށް ބުނެފައިވާ ގޮތުގައި ކިމް މި ފިނިފެންމާ ހިއްސާކޮށްފައިވަނީ އެ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭ ކަމަށް ދެކެވޭ އަޑުތައް ބަންދުކުރުމުގެ ގޮތުންނެވެ.

ލޮކްޑައުން އާއެކު ކިމް ގެ އާދައަކީ ހެނދުނު އަވަހަށް ހޭލައި ކަސްރަތު ކޮށް ކަންތައް ކުރުމަށް ވާއިރު ކާންޔޭ ގެ އަކީ ލަހުން ހޭލާ އަދި ދުވަސް މާ ބޮޑަށް ޕްލޭން ކޮށްގެން އުޅޭ މީހަކަށް ނުވުމަކީ ވެސް މި ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހިދާނެ ސަބަބެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މީގެ ހަ އަހަރު ކުރިން ކިމް އާއި ކާންޔޭ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ ހަތަރު ކުދިން ވެސް ލިބިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!