މުނިފޫހިފިލުވުން

ފޫޅުދިގު ހަންޑި ކައިޒީން މެންގެއަށް ގޮސްފިނަމަ އިންސްޓްގްރާމް ލައިވް ކުރާނެ

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރު ކަން ހޯދި ފަރާތަކަށް ދިވެހި މޮޑެލް ފާތުމަތު ޒަޔަން (ކައިޒީން) ވެގެންދާނެއެވެ. އިންސްޓަގްރާމް އިން ހޯދި މަގުބޫލުކަމާއެކު ކައިޒީން އަކީ ނޫސްތަކުގެ ފަލަ ސުރުހީގައި ވެސް ވިދާލި ތަރިއެކެވެ. އަދި ބެލުންތެރިން އެ ފަންނާނެއްގެ ހަބަރަކަށް އެންމެ އިންތިޒާރު ކުރާ ތަރިއަކީ ކައިޒީން އޭ ބުނުމުން ދޮގަކަށް ވެސް ނުވާނެއެވެ.

ކައިޒީން މި ވަނީ ދާދި ފަހުން އޭނާ ބައިސްކޯފުން ގެނެސްދެމުން އަންނަ ލޮކްޑް އަޕް ވިތް ޕްރޮގްރާމް ގައި ބައިވެރިވެ އޭނާ އާ ގުޅުންހުރި ތަފާތު ގިނަ ކކަންތައްތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން ކައި އޭނާ ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ކުރާ ކަމަކާއި މެދު ސުވާލުކުރުމުން ބުނީ އެންމެ ފުރަތަމަ ވެސް ބަލާލެވެނީ ފޯނު ކަމަށެވެ. އަދި ފޯނުގައި މި ދުވަސްކޮޅު ގިނަ ވަގުތު ހޭދަކުރެވޭ ކަން ފާހަގަކޮށް ކައި ބުނީ ހެނދުނު ހޭލައިގެން ފޯނު ބަލާލުމަށް ފަހު ދެން އެންމެ ފުރަތަމަ ކުރާ ކަމަކީ ފެންވަރައިގެން ނަމާދު ކުރުން ކަމަށެވެ.

މީގެ އިތުރުން ކައިޒީންގެ ގެ ގެއަށް ފޫޅުދިގު ހަންޑި އަތުވެއްޖެނަމަ ކުރާނީ ކީއްތޯ ކައިޒީން އާ ސުވާލު ކުރެވެމުން ކައިޒީން ބުނީ އޭރުން އޭނާ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ އިންސްޓަގްރާމް ލައިވް ކުރުން ކަމަށެވެ. އެއީ އެ އެ 'މޫމެންޓް' އެހެން މީހުނާ ހިއްސާކޮށްލުމަށް ކަމުގައި ކައިޒީން ބުނެފައިވެއެވެ.

ހަމައެހެންމެ ކައިޒީން ވަނީ އޭނާ އާ ބެހޭ ގޮތުން ވަރަށް ގިނައިން ދެކެވޭ ވާހަކަ އަކަށް ވެސް ރައްދު ދީފައެވެ. އެގޮތުން ކައިޒީން އެހާ ރީތީ ޕްލާސްޓިކް ސާރޖަރީ ހަދާފައި ހުރުމުން ކަމުގައި ބުނުމުން ކައިޒީން ބުނީ ދުވަހަކު ވެސް އެފަދަ އެއްވެސް އާޓިފިޝަލް ކަމެއް ނުކުރާ ކަމަށެވެ. އަދި އެއްވެސް މީހަކީ އަބަދަކު އެއް ގޮތަކަށް ހުންނާނެ މީހެއް ނޫން ކަމަށާއި އޭނާ މިވީ ދުވަސްކޮޅު ގައި ބަރުދަން ވެސް އިތުރުވެފައިވާ ކަން ކައިޒީން ފާހަގަކުރިއެވެ.

އަދި ސިންގަލް ވި ދުވަސްވަރު ހަފްތާއެއް ހާ ދުވަހު މީސް މީޑިއާ ގައޮ ދެކެވުނު ވާހަކަތަކާއި ގުޅިގެން ވަރަށް ދެރަވި ކަމަށާއި 'ގިވްއަޕް' ކުރަން ހިތަށް އެރިކަމަށް ވެސް ކައިޒީން ބުނެފައިވެއެވެ. ނަމަވެސް ގިވްއަޕް ނުކޮށް މިހާ ހަމައަށް އާދެވުނީ އާއިލާއާ ރައްޓެހިންގެ އެއްބާރުލުމުގެ ސަބަބުން ކަން ކައިޒީން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!