Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާބޮޑަށް ހިތުގައި ނުޖައްސާތި، މަރުވެދާނެ

މާބޮޑަށް ހިތުގައި ނުޖައްސާތި، މަރުވެދާނެ

މާ ބޮޑަށް ދެރަވެ ހިތުގައި ޖެހޭނަމަ މަރުމުގެ ފުރުސަތު އޮންނަ ކަމަށް ހާވަޑް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކައިފިއެވެ. ދެރަވެ ހިތް ހަލާކުވުމަކީ މެޑިކަލް ގޮތުން ބައްޔެއް ކަމުގައި މިހާތަނަށް ބަލާފައިނުވާ ކަމަކަށް ނުވިޔަސް ހިތް ހަލާކުވުމަކީ އޭގެ ސަބަބުން މަރުވާ ކަމެއް ގެ ގޮތުގައި އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ހަވާޑް ޔުނިވާސިޓީ އިން ކުރި މި ދިރާސާގައި ހިތް ހަލާކުވުން ކަމުގައި ބަލާފައިވަނީ ލޯބިވާ މީހަކު މަރުވުން ނުވަތަ އެމީހެއްގެ ހިތަށް ސީދާ އަސަރުކުރާ ފަދަ ހިތާމަވެރި ކަމެއް ދިމާވުމަށެވެ.

އެގޮތުން މިސާލެއްގެ ގޮތުގައި އުމުރު ދުވަހު އެއްކޮށް ހޭދަކުރި ދެމަފިރިންގެ ތެރެއިން އެކަކު މަރުވުމުން އަނެކާގެ ހިތް ހަލާކު ވެ އެ ހިތާމައިގައި މަރުވެފައިވާ ގިނަ ކޭސްތަކެއް ވަނީ މި ދިރާސާގައި ފާހަގަކޮށްފައެވެ.

Advertisement
HDC — Sidebar (box)

ބްރިޓިޝް ހާޓް ފައުންޑޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި މި ހާލަތަށް ކިޔައިއުޅެނީ "ހާޓް ބްރޯކެން ސިންޑްރޯމް" އެވެ. އަދި މި ހާލަތަކީ ހިތާމައިގެ ސަބަބުން ހިތުގެ މަސްތަކުގެ ބާރުދެރަވެ، ހިތުގެ ޗެމްބަރ އެއް ކަމަށްވާ ވާތު ވެންޓްރިކަލް އޭގެ ބައްޓަން ބަދަލުވުމާއި ގުޅިގެން ހިތް އޭގެ ވާޖިބު އެންމެ ފުރިހަމަ އަށް އަދާނުކުރެވުމުގެ ސަބަބުންނެވެ.

މީހަކު ހިތުގައި ޖެހި ހިތް ހަލާކުވެފައި ވާނަމަ އެމީހަކާ މެދު ގާތްކޮށް ކަންތައް ކޮށްދީ އެމީހަކަށް އަޅާލުމަކީ ސިއްހީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް