ނޭފަތް ވަކި ގޮތަކަށް ހުންނަ މީހުނަށް ކޮވިޑް19 ޖެހުމުުގެ ފުރުސަތު ބޮޑު

ނޭފަތް ވަކި ގޮތަކަށް ހުންނަ ކަމަށް ވާނަމަ އެމީހުނަށް ކޮވިޑް19 ޖެހުމުުގެ ފުރުސަތު ބޮޑު ކަމަށް ދާދި ފަހުން ޝާއިއު ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ނިއުޔޯކް ޓައިމްސް އިން މި ދިރާސާ ރިޕޯޓުކޮށްފައިވާއިރު އޭގައިވާ ގޮތުގައި ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަނުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ނޭފަތެވެ. އެގޮތުން ބަލި ޖެހިފައިވާ މީހެއް ކެއްސާ ކިނބިހިއަޅާއިރު އަދި ވާހަކަ ދައްކާ ހަދާއިރު ބޭރުވާ ކުޅު ނުވަތަ ތިކިތަކުގެ ސަބަބުން އަނެކުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެގޮތުން އެގޮތަށް ހަށިގަނޑަށް ވަންނަ ވައިރަސް ގެ އަދަދަކީ އެމީހެއްގެ ބަލީގެ ނުރައްކާތެރިކަން ބިނާ ކުރާ އެއް ކަންތަކަށް ވާއިރު ނޭވާލުމުގެ ނިޒާމުގެ ތެރެއިން ވައިރަސް ހަށިގަނޑުގެ ތެރެއަށް ދަތުރު ކުރުމުގައި ނޭފަތުގެ ބައްޓަމާއި ސައިޒު އަދި ނޭފަތުގެ އެތެރެ އުފެދިފައި ހުރި ގޮތް އެކަމުގައި އިސް ދައުރެއް އަދާކުރެއެވެ.
ނޭފަތުގެ ބައްޓަމުގެ އިތުރުން ނޭފަތުގެ އެތެރެ އުފެދިފައި އިންނަ ގޮތާއި ނޭފަތުގެ ތެރޭގައި އިސްތަށި ހުރި މިންވަރު އަދި ލޮނދި ހުރި މިންވަރަކީ ވެސް މިކަމުގައި އިސް ދައުރެއް އަދާކުރާ ކަންތައްތަކެވެ.
މީގެ އިތުރުން ވެސް މި ދިރާސާގައި ވައިގެ ތެރޭގައި އުޅޭ ވައިރަސްގެ އަސަރު އިންސާނުންނަށް ކުރަނީ ކިހާ ވަރަކަށް ކަން ވެސް ބަލާފައި ވެއެވެ.