ވިޔަފާރި

އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް ކުޅުދުއްފުށި، ތިނަދޫ އަދި ފުވައްމުލަކުގައި ހުޅުވައިފި

ދެން އެމްވީ ، ދެން އޮންލައިން

އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް ކުޅުދުއްފުށި، ތިނަދޫ އަދި ފުވައްމުލަކުގައި ހުޅުވައިފިއެވެ.

Ads by STELCO

އުރީދޫގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރުތަކުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާޖްކޮށް ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދެ އެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުތަކަކީ ރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތަކެވެ.

ޑިޖިޓަލް ސެންޓަރުން ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެއެވެ. މީގެތެރޭގައި:

– ބިލަށް ފައިސާ ދެއްކުން
– ރީޗާރޖްގެ ޚިދުމަތްތައް
– އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް

އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުރީދޫ ގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ލިބިގަންނަން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ކަމަށެވެ.

"ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފަ. މިހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަޒުމަކީ މިފަދަ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން." ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާރިޗް މަހު ހާއްސަ ހަފްލާއެއް ބާއްވާ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރ ވަނީ މާލޭގައި އިފްތިތާހުކޮށްފައެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!