ލިންބާގް ހޯލްޑިންގް އިިން ރާއްޖެއަށް 1000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި
މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކްގެ ފަރާތުން ރާއްޖެ އަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ.
މި ކިޓުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މާސްކުތަކާއި ހަވާލުވެވަޑައިގެންނެވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއެވެ.
ލިންބާގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކިޓުތަކަކީ ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ފްރަންޓު ލައިނުގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ހަދިޔާ ކުރި ކިޓުތަކެއް ކަމަށެވެ. ކޮންމެ ކިޓެއްގައި ސާޖިކަލް ގައުނަކާއި ބޫޓު ކަވަރަކާއި ސްކާފެއް ހިމެނޭނެ އެވެ.
Thrilled to donate 1000 sets of PPE to Maldivian government, on behalf of Malaysian based Linbaq Holding’s founder, my good friend Mr. Datuk Wira Ling Kah Chok.
As we battle with #COVID19 pandemic, PPE is vital for frontliners to stop the spread of the disease & save lives. pic.twitter.com/F5Xm8BLHvC
— Col(rtd)Mohamed Nazim MP (@nazim7878) June 4, 2020
މީގެ އިތުރުން އެ ބަޔާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހޮޓެލް ވިޔަފާރިކުރުމަށް ޝަޢުގުވެރިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއަހަރުގެ ފަހުކޮޅު ކ. ގުރައިދޫގައި އެކުންފުނީގެ ހޮޓެލް ޕްރޮޕަޓީ ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.
އެންމެފަހުގެ ޒަމާނީ ކޮންސެޕްޓަކަށް ތަރައްޤީކުރާ މި ޕްރޮޖެކްޓް ވެގެންދާނީ، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ ޕްރޮޖެކްޓަކަށްކަމަށްވެސް ލިންބަގްއިން ބުނެއެވެ. އަދި ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތްކުރާނެކަންވެސް އެކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މެލޭޝިއާގެ ލިންބަގް ހޯލްޑިންސްއިން ރާއްޖެއަށް 1،000 ޕީޕީއީ ކިޓް ހަދިޔާކޮށްފައިވާއިރު، އެކުންފުނިން މިދިޔަމަހުގެ ތެރޭގައި ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް 60،000 ހާސް މާސްކްވެސް ހަދިޔާކޮށްފައެވެ.