Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައްޔިތުންނަށްޓަކައި މަޖިލީހާއެކު މަސައްކަތް ކުރާނަން: ރައީސް

ރައްޔިތުންނަށްޓަކައި މަޖިލީހާއެކު މަސައްކަތް ކުރާނަން: ރައީސް

ދިވެހި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުން މަޖިލީހާއެކު މަސައްކަތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައި ވަރަށް ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންކަމާއި ތަރައްގީގެ އެޖެންޑާގައި އަމާޒު ބަހައްޓަންވީ ދާއިރާތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަކީ މި ލަނޑު ދަނޑިތައް ހާސިލް ކުރުމަށް މުހިންމު ބައިވެރިއެއް. މިކަމުގެ ދެ ފަރާތުން ވެސް ރައްޔިތުންނަށްޓަކައި އެކީގައި މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވާފައި ވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުކުރެވި، އާ ކައުންސިލްތައްް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ސޯލިހު މިހާރު ވަނީ ތަސްދީގު ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް