ޚަބަރު

މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

Ads by STELCO

މި މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޓީއޯގެ ފަރާތުންނެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ އިތުރުން އެތަނަށް ބޭނުންވާ މެޑިކަލް ސާމާނާއި، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ) ވެސް ސަޕްލައިކޮށްދީފައިވާކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކަކީ އެތަނުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ރައްކާތެރި، ސާފުތާހިރު މާޙައުލެއްގައި ބަލިމީހުންނަށް ފަރުވާދެވޭނެހެން ޤާއިމުކޮށްފައިވާ ވަޞީލަތްތަކެއްކަން އެސްޓީއޯއިން ބުނެއެވެ.

އަދި މި ފެސިލިޓީއަށް ބޭނުންވާ ވަޞީލަތްތައް ހަމަވެގެން ދިއުމަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައިވެސް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!