ލައިފްސްޓައިލް

ކޮވިޑް ޖެހި ޝިފާ ލިބުނު މީހެއްގެ ދުލުން : މަހެއް ވީއިރު ވެސް ކާ އެއްޗެހިން ރަހަ އެއް ނުލާ

ދެން އެމްވީ ، ދެން އޮންލައިން

ވަސް ނުދުވުމާއި ކާއެއްޗެހިން ރަހަ ނުލުމަކީ ކޮވިޑް19 ގެ އަލާމާތެއް ކަން އެނގުނު ހިސާބުން ފެށިގެން ސިއްހީ މާހިރުން އަންނަނީ މިކަން އާންމުންގެ ސަމާލުކަމަށް ގެންނަމުންނެވެ. އަދި ވައިރަސް ޖެހުނު ގިނަ ބަޔަކަށް ވެސް ވަނީ މި މައްސަލަ ދިމާވެފައެވެ.

Ads by STELCO

ނަމަވެސް ވައިރަސް ޖެހި ރަނގަޅު ވުމަށް ފަހުގައި ވެސް ވަސް ނުދުވުމާއި ކާ އެއްޗެހިން ރަހަ ނުލާ ކަމުގެ މައްސަލަ ތަކެއް ވަނީ ވައިރަސް ޖެހި ރަނގަޅުވި ގިނަ ބަޔަކަށް ކުރިމަތިވެފައެވެ.

އެގޮތުން ވައިރަސް ޖެހި ރަނގަޅުވި ބަޔަކު ޑެއިލީ މެއިލް އަށް ކިޔައިދީފައިވާ ގޮތުގައި ބަލިން ރަނގަޅު ވި ފަހުން އެމީހުނަށް ސެންޓުގެ ވަހެއް ނުދުވައެވެ. އަދި ޕިއްޒާ ފަދަ ކާ އެއްޗެހިން ވެސް ލަނީ ބޯ ކަރުދާސް ރަހަ ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މާޗު މަހުގެ ތެރޭގައި ވައިރަސް ޖެހި ރަނގަޅުވި އުމުރުން އެންމެ 23 އަހަރުގެ ޒުވާނަކު ވެސް ވަނީ އޭނާގެ ތަޖުރިބާ ޑެއިލީ މެއިލް އަށް ކިޔައިދީފައެވެ. އޭނާ އަކީ ވެސް ވައިރަސް ޖެހުމާއެކު ވަސް ދުވުމާއި ރަހަ ލުމުން މަހުރޫމް ވި މީހެކެވެ.

އޭނާ ކިޔައިދިން ގޮތުގައި ވައިރަސް ޖެހި ކިތަންމެ އަވަހަށް ރަނގަޅުވީ ކަމުގައި ވީ ނަމަވެސް އަދިވެސް އެ ހިއްސުތައް އޭނާ އަށް އަނބުރާ ނުލިބެއެވެ.

މި މައްސަލަ އާ ގުޅިގެން ޑޮކްޓަރުން ބުނާ ގޮތުގައި ބައެއް މީހުނަށް ވަސް ދުވާ ގޮތްވެ ކާ އެއްޗެހިން ރަހަ ލާން މުއްދަތެއް ނަގާފާނެ ކަމަށެވެ. ނަމަވެސް ބައެއް މީހުނަށް މި ހިއްސުތައް އެނބުރި ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ޑޮކްޓަރުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!