މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓްރީ ދޫކުރަމުން އައި ހުއްދަތައް ދޫކުރާނީ ފުލުހުން
މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދޫކުރާ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީ އިން ހޯދަމުން އައި ހުއްދަ މިހާރު ހޯދަން ޖެހޭނީ ފުލުހުން މެދުވެރިކޮށް ކަމަށާއި މިހާތަނަށް ހުއްދަ ހޯދުމަށް ހުށައަޅާފައިވާ މީހުން ވެސް މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ. އެހެން ނަމަވެސް ކުރިން މިނިސްޓްރީއަށް ހުއްދަ އަށް އެދި ހުށައެޅި މީހުން އަލުން ހުށައަޅަން ނުޖެހޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ ފުލުހުން ހުއްދަދޭނީ ޕްރިއިވެޓް ކުންފުނިތަކާއި އޮފީސްތައް އަދި ވިޔަފާރިތަށް ހުޅުވުމުގެ ހުއްދަ ދޭ ހުއްދަ ކަމަށެވެ. އަދި ކުރިން ވަކި ކަސްޓަމަރުންނަށް ހުޅުވާލައިގެން މުދާ ވިއްކާ ވިޔަފާރިތަކަށް ސިޓީ ކައުންސިލުން ދޫކުރަމުން އައި ހުއްދަތަކަށް ވެސް އެދެންޖެހޭނީ ފުލުހަށްކަން ވިސާމް ވަނީ ފާހަގަކުރައްވާފަ އެވެ.
"މިގެނައި ބަދަލާއި އެކު ކަސްޓަމަރަށް ހުޅުވާލައިގެން ވިޔަފާރި ކުރަން ބޭނުންވާ މީހުންނާއި ހަމައެކަނި ޑެލިވަރީގެ ހިދުމަތްދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި ސުޕަމާޓް ތަކާއި ފާމަސީތަކުގެ އިތުރުން ދިވެހި ބޭސް ފިހާރަތަކާއި ބުކްޝޮޕްތައް އަދި ބޭކަރީ އާއި ކުޑަކުދިންގެ އެއްޗެހި ވިއްކާތަންތަންނަށް ވެސް ދެން ހުއްދަ ދޫކުރާނީ ފުލުހުން." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސައި ހޮޓާ ތަކާއި ރެސްޓޯރަންޓްތައް އަދި ގޭބިސީތަކަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި ކުޅިވަރު ކުޅޭ އެއްޗެއްސާއި ފޮތި، އަންނައުނު ފަދަ އެއްޗެހި ވިއްކާ ތަންތަނުން ވެސް ކުރިއަށް އޮތް ތަނުގައި ޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެން ކަމަށް ވިސާމް ވިދާޅުވި އެވެ. އަދިި މޯބައިލް ފޯނާއި މެއިންޓެއިނަންސް ވިޔަފާރި ކުރާ މީހުންވެސް އެދެންޖެހޭނީ ފުލުހުންގެ ހުއްދައަށްކަމަސް ވިސާމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ވިސާމް ވިދާޅުވީ ހުއްދަ ދޫކުރާއިރު މުވައްޒަފުން ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވޭތޯ ބަލާނެ ކަމަށާއި ބިދޭސީ މުވައްޒަފެއްނަމަ އެމްޕްލޯއިމަންޓް އެޕްރޫވް އޮތްތޯ އާއި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވެފައިވޭތޯ ބަލާނެ ކަމަށެވެ.