ލައިފްސްޓައިލް

ބޯ ތަލަ މީހުނަށް އިންޒާރެއް: ކޮވިޑް19ގެ ނުރައްކާ ބޮޑު!

ދެން އެމްވީ ، ދެން އޮންލައިން

ބޯ ތަލަ ކޮށް ތިބޭ ފިރިހެނުންނަށް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

Ads by MWSC

މި ދިރާސާ ގައިވާ ގޮތުން ބޯ ތަލަ ކޮށް ތިބޭ ފިރިހެނުންނަށް ނުރައްކާ އިތުރުވަނީ ވައިރަސް ހަށިގަނޑަށް ހަމަލާ ދިނުމަށް ފިރިހެނުން ގެ ހޯމޯންސް އެހީވެދޭތީއެވެ. އިސްތަށި ފައިބާ ތަލަވުމަށް މަގުފަހި ކުރުވާ ހޯމޯން އެއް ކަމަށްވާ ' އެންޑްރޮޖެން' ވަނީ ސްޕެއިންގައި ކޮވިޑް19 ގެ ގިނަ ސީރިއަސް ކޭސްތަކެއް ގައި ފާހަގަކުރެވިފައެވެ.

މި ދިރާސާ އަކީ އެމެރިކާ ގެ ތަލަ ކޮށް ހުންނަ އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. ފްރޭންކް ގަބްލިން ކޮވިޑް19 ގައި މަރުވުމާއި ގުޅިގެން ކުރި ދިރާސާއެކެވެ. އަދި މި އާ ހޯދުމަށް ވަނީ އޭނާގެ ނަމުން ނަން ދީފައެވެ.

ބްރައުން ޔުނިވާސިޓީ އިން ކުރި މި ދިރާސާ ގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ ކާލޮސް ވެންބިއާ 'ޓެލެގްރާފް' ނޫހަށް ބުނެފައިވާ ގޮތުގައި ތަލަ ވުމަކީ ކޮވިޑް19 ގެ ހާލަތު ގޯސްވެ ސީރިއަސް ވުމަށް އޮތް ހާލަތެއް ކަމުގައި މި ދިރާސާ އިން ހާމަވެފައިވާ ކަމަށެވެ.

އެގޮތުން މީގެ ތެރެއިން އެއް ދިރާސާގައި މެޑްރިޑް ގެ ތިން ހޮސްޕިޓަލެއްގައި މި ބަލި ޖެހުނު 122 މީހުންގެ ތެރެއިން 79 އިންސައްތަ މީހުނަކީ ތަލަ މީހުނެވެ. އަދި ސްޕެއިން ގެ އެހެން ހޮސްޕިޓަލެއްގައި ވައިރަސް ޖެހުނު މީހުންގެ 71 އިންސައްތަ އަކީ ތަލަ މީހުނެވެ.

ނަމަވެސް މިހާތަނަށް ކުރެވުނު ދިރާސާގައި ބައިވެރިވެފައިވަނީ މަދު އަދަދެއްގެ މީހުން ކަމުން ސައިންސްވެރިން އަންނަނީ މިކަން އިތުރަށް ދިރާސާ ކުރަމުންނެވެ.

މީގެ ކުރީގެ ދިރާސާއެއްގައި ވަނި ކޮވިޑް19 ގެ ނުރައްކާ އަންހެނުންނަށް ވުރެ ފިރިހެނުންނަށް ބޮޑު ކަމަށް ވެސް ދައްކާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!