ކުޅިވަރު

ރާއްޖެއާއި ޗައިނާ ބައްދަލު ކުރާ މެޗު އޮކްޓޯބަރު މަހު ކުޅެން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

2023 އޭޝިއަން ކަޕް ކޮލިފައިން އަދި 2022ގެ ވަރލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާއި ޗައިނާ ވާދަކުރާ މެޗު އޮކްޓޯބަރު މަހު ކުޅެން ނިންމައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުންތަކަށްފަހު އޭއެފްސީންވަނީ ވަރލްޑްކަޕްގެ އޭޝިޔާ ސަރަހައްދުގެ ކޮލިފިކޭޝަން މެޗުތައް ކުޅޭނެ ތާރީޚުތައް ފައިނަލްކޮށްފައެވެ. މިގޮތުން އައު ޝެޑިއުލްގައި ވާގޮތުން ކުރިއަށް ހުރި މެޗުތަކުގެ ތެރެއިން ފުރަތަމަ ބުރު ކުޅޭނީ އޮކްޓޯބަރު އަށްވަނަ ދުވަހުން ފެށިގެން ތޭރައިގެ ނިޔަލަށެވެ. އަދި ކޮލިފައިން ފަހު ބުރު ކުޅޭނީ ނޮވެމްބަރު 12އިން 17އަށެވެ. 2022ގެ ވަރލްޑްކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ރަށުން ބޭރުގައި ޗައިނާއާއި ފިލިޕީންސްއާއި ވާދަކުރާ 2 މެޗާއި އަމިއްލަ ދަނޑުގައި ސީރިއާއާއި ވާދަކުރާ މެޗެވެ.

އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނެފައިވަނީ އެކްސްކޯގެ ލަފައާއިއެކު ތައްޔާރު ކުރި އައު ތާވަލަށް ބަދަލު އައުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ސަބަބަކީ ކޮވިޑް-19އާއި ގުޅިގެން ގިނަ ޤައުމުތަކެއް އަދިވެސް ލޮކްޑައުންކޮށްފައި އޮތުމުންނެވެ. އަދި މި ބަލި ކޮންޓްރޯލް ނުވެ ގިނަ ދުވަސްތަކެއްވާނަމަ މެޗުތައް އަލުން ތާވަލްކުރުމުގެ ފުރުސަތު ބޮޑެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!