ޚަބަރު

ދީނަށް ފުރައްސާރަކުރާ އުފާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ހާމައެއް ނުކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގައި ހައްދުފަހަނަ އަޅާފައިވާ އުފާ މުޚްތާރު ފަހުމީގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިކަން ހާމަކުރެވެން ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އުފާ އަކީ ޅ. ނައިފަރަށް ނިސްބަތްވާ މީހެކެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އުފާގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅިކަން ނުވަތަ ނޫންކަން އެ މިނިސްޓްރީއަށް ބުނެވެން ނެތް ކަމަށެވެ.

ޔޫޓިއުބްގައި ޗެނަލެއް ހުޅުވައިގެން އުފާ އަންނަނީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުންނެވެ. މިމަހުގެ 10 ވަަނަ ދުވަހުން ފެށިގެން އޭނާ އަންނަނީ ތަފާތު އެކި ވީޑިއޯތައް ޔޫޓިއުބަށް އަޕްލޯޑްކޮށް، ދިވެހީންގެ މެދުގައި އިސްލާމްދީނާ މެދު ނަފްރަތު އުފެއްދުމަށްޓަކައި ތަފާތު އެކި ދޮގު ވާހަކަތައް ފަތުރަމުންނެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި މިވަނީ އެ މައްސަލަ ނުބަލާތީ، މީސް މީޑިއާގައި އެތައް ބަޔަކު ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!