ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕްރިންސިޕަލަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިި ގެންގުޅުނު ކަމުގެ ތުހުމަތުގައި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނ. މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި ފަސް ގްރާމް މަސްތުވާތަކެއްޗާ އެކު އުމުރުން 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާއަކީ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމާ ގުޅޭ އިދާރާއާ މައުލޫތު ހިއްސާކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.

މާޅެންދޫ ކައުންސިލާ ހަވަލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެރަށު ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަން އެނގިވަޑައިނުވާ ކަމަށް ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި ޕްރިންސިޕަލް ހައްުޔަރު ކުރި ކަމުގެ މައުލޫމާތު ފުލުހުން ދޭނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!