ޚަބަރު

ޝެޑިއުލާ އެއްގޮތަށް ޕަސެންޖަ ޓާމިނަލް 2022ގެ މެދުތެރޭގައި ނިންމާލެވޭނެ: އެމްއޭސީއެލް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި ޝެޑިއުލާ އެއްގޮތަށް 2022 ވަނަ އަހަރުގެ މެދު ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

Ads by Hajj Corporation

ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލުން ބުނީ ޓާމިނަލްގެ ޝޭޕްތައް ފާޅު ވަމުންދާ ކަމަށާއި ތަނުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ޝެޑިއުލާ އެއްގޮތަށް 2022 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އާ ޓާމިނަލް ހަދަނީ، މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނު ފަރާތުގައި ތަރައްގީ ކުރާ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. މި މަސައްކަތް ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕްއަށް ހަވާލުކޮށްފައިވަނީ 21 މެއި، 2016 ގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ތެރޭ ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެފައި ވަނިކޮށް ސަރުކާރު ބަދަލުވުމާއެކު މަޝްރޫ އަށް އިތުރަށް ވަނީ ލަސްކަމެއް އައިސްފަ އެވެ. ނަމަވެސް 27 ޖޫން 2019، ގައި މި ސަރުކާރުން ޓާމިނަލްގެ މަސައްކަތް އަލުން ވަނީ ސައޫދީ ބިންލާދިން ކުންފުންޏަށް ހަވާލުކޮށްފަ އެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!