މުނިފޫހިފިލުވުން

އަޑުގަދަ ނުކުރަން ބުނެ ދީޕިކާ ރަންވީރާއި ދިމާލަށް ހަޅޭލަވައިގެންފި!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ޖޯޑުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ޖޯޑަކީ ރަންވީރް ސިންގް އާއި ދީޕިކާ ޕަދުކޯން އެވެ .

Ads by STELCO

އަބަދުވެސް ވަރަށް ލޯބިން އުޅޭ މިދެމަފިރިންގެ އެންމެ ފަހުގެ ޚަބަރުތައް ހޯދުމަށް ގިނަ ބަޔަކު އަބަދުމެ މަސައްކަތް ކުރެއެވެ.

އެގޮތުން އެދެމަފިރިންނާއި ބެހޭގޮތުން އެންމެ ފަހު ޚަބަރަކަށް އިވިފައިވަނީ، ރަންވީރާއި ދިމާލަށް ދީޕިކާ ހަޅޭލަވައިގަތް ވާހަކައެވެ. އެވެސް އަޑުމަޑު ކުރުމަށް ބުނެއެވެ.

ދާދި ފަހުން އެކްޓަރ އަޔުޝްމާން ޚުރާނާ ވަނީ އިންސްޓަގްރާމް ގައި ލައިވް އެއް ހަދާފައެވެ. އަދި އެލައިވްގައި އޭނާއާއެކު ރަންވީރް ވެސް ފަހުން ބައިވެރި ކުރިއެވެ.

ނިދާ ހޭލެވުނު ވަގުތު ކަމުގައިވީ ނަމަވެސް، ރަންވީރް ހުރީ ހަމަ އާދައިގެ މަތިން ވެސް އޭނާ ހުންނަ މަޖާ މޫޑުގައެވެ.

އަޔުޝްމާނަށް ގޮލާފަ ދެމީހުން ވެސް މަޖާވާހަކަތައް ދައްކަން ފެށިއެވެ.

ނަމަވެސް އިރުކޮޅެއްފަހުން ރަންވީރުގެ ނަޒަރު އެހެން ދިމާލަކަށް ދާތަން ފެނެއެވެ. އަދި އަވަސް އަވަހަށް އަޔުޝްމާނު ގާތު ރަންވީރު ބުނަނީ ލައިވް ކޯލް ކަނޑާލަން ޖެހިއްޖެ ކަމަށާއި އެބަ ހަޅޭލަވާ އެއްޗެހިކިޔާ ކަމަށެވެ.

"ބާއީ ބާއީ.. ކަނޑާލަން ޖެހިއްޖެ.. އެބަ އެއްޗެހިކިޔާ. ބުނީ އަޑުމަޑު ކުރާށޯ ތިމަންނަ ޒޫމް އިން ލައިވް ކޯލެއްގަޔޯ.." މިހެން ބުނެ ދެމީހުން ވެސް ހިނިގަނޑެއް ޖަހާލާފައި ރަންވީރް ލައިވް ކަނޑާލައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!