ކޮވިޑް 19: އެންމެފަހުން ފާލިޙްގެ ޓެސްޓު ނަތީޖާ ލިބިއްޖެ، ނަތީޖާ ނައްސި!
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙަައްމަދު މާޖިދުގެ ފިރިމީހާ ފާލިޙް އާދަމް، ކޮވިޑް-19 އަށް ނައްސިކަން ހެދި ޓެސްޓުގެ ނަތީޖާއިން ދައްކައިފިއެވެ.
މާތް ﷲ އަށް ޙަމްދު ކުރަމުން ރޭ މީރާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭގެ ކުޑަ އިރުކޮޅެއް ކުރިން އެޗްޕީއޭ އިން ގުޅާފައި ފާލިޙްގެ ނަތީޖާ އަންގާފައިވާ ކަމަށެވެ. އަދި ނަތީޖާ ނައްސި ކަމަށް ވެސް މީރާ ބުނެފައިވެއެވެ.
ފާލިޙްގެ ޓެސްޓު ނަތީޖާ ނައްސިކަމަށް އެޗްޕީއޭއިން ރޭގައި އެންގި ނަމަވެސް، އެނަތީޖާ އެންގުމުގައި ވަރަށް ގިނަ ދުވަސް ނެގިކަން ވަނީ ހާމަ ވެފައެވެ.
އެގޮތުން މިމަހުގެެ6ވަނަ ދުވަހު ފާލިޙް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑަށް ޓެސްޓު ހެދިތާ އެދުވަހަށް ހަފްތާއެއް ވެފައިވާއިރު، އަދިވެސް އެއްވެއް ނަތީޖާއެއް އެކަމާއި ގުޅިގެން އެއްވެސް ޚަބަރެއް ވެސް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާގެ ބަލިހާލަތު ދުވަހުން ދުވަހަކަށް ދަށްވަމުން އަންނަ ކަމަށާއި ކުޑަކޮށް ހުން އައިސް ރޯގާޖެހި ކެއްސަންވެސް ކެއްސާ ކަމަށް ފާލިޙް ބުނެފައިވެއެވެ.
އެޓްވީޓު ރޭގައި ރީޓްވީޓް ކުރަމުން މީރާ ބުނެފައިވަނީ، އޭނާގެ ފިރިމީހާ ފާލިޙް ބަލިވެ އުޅޭތާ ދެ ހަފްތާ ވެފައިވާއިރު އެޗްޕީއޭގެ ނަތީޖާ ނުލިބިގެން ވެސް ހަފްތާއެއް ފާއިތުވެފައިވާ ކަމަށެވެ. ފިރިމީހާ ބޮޑަށް ބަލިވަމުން އަންނައިރު، މީރާވެސް މިހާރު ކުޑަކޮށް ބަލިވަމުން އަންނަ ކަމަށް ވެސް މީރާ ބުނެފައިވެއެވެ.
ފާލިޙްގެ ނަތީޖާ ލިބިއްޖެކަން މީރާ އިއުލާނު ކޮށްފައިވަނީ އޭގެ ދެ ގަޑިއިރު ފަހުންނެވެ.
My husband has been sick for over 2 weeks. Over a week since he last did the test for Covid19. No news yet abt his test results. He is getting sicker nd now I'm getting sick too. The hospital told us that HPA has the results. @HPA_MV how do we get our hands on the test results?! https://t.co/omZKnET9sJ
— Mira Mohamed Majid (@MiraMMajid) June 6, 2020