ޚަބަރު

އެމްއެމްޕީއާރްސީ ޚިޔާނާތުގައި ރައީސް ޞާލިޙު ބައިވެރިނުވާކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރ އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ބައިވެރިނުވާކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ "ސަންގު ޓީވީ" ގެ ޕްރޮގްރާމަކަށް އަރާވަޑައިގެން މިނިސްޓަރ އިމްރާން ވިދާޅުވީ މި މައްސަލައިގައި ވަކި މީހަކަށް ވީތީ ތަހުގީގު ނުކުރަން އެއްވެސް ކަމެއް ފުލުހުން ނުކުރާނެ ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕް ލީޑަރުގެ މަގާމުގައި ހުންނަވާ ރައީސް ޞޯލިޙު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަތް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ އެއް ދުވަހުން ބަލާ ނިމޭނެ މައްސަލައެއް ނޫން ކަމަށާއި އެމައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް ވަކި މީހަކަށްވުމުން ތަހުގީގު ނުކޮށް އަދި ފިޔަވަޅެއްވެސް ނާޅާ ނުހުންނަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ، އެމައްސަލައިގައި ރައީސް ޞާލިޙުގެ ގައިކޮޅުގައި އަތްލާން ނުޖެހޭނެ ކަމަށާއި އެމަނިކުފާނު އެޚިޔާނާތުގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރައީސް ސޯލިހު މިކަމުގައި ބައިވެރިވެފައެއް ނޯންނާނެ. އަޅުގަނޑަށް ޔަގީންކަން އެބައޮތް. އަތްލަންޖެހޭ ހިސާބެއްގައި އަތް ލެވިގެންދާނެ" ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!