ޚަބަރު

އާމިރާ ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ އެކޮމިޝަނުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލިހުގެ ރައީސް ފޮނުއްވައިފިއެވެ.

ސީއެސްސީގެ މެމްބަރުކަމުން އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. އާމިރާ ވަކިކުރަން ކޮމިޓީގެ ހަ މެމްބަރުން ވޯޓު ދީފައިވާއިރު، ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

އެމައްސަލަމަޖިލިހުގެ ތަޅުމަށް އައިސްފައިވާކަން އިއުލާނު ކުރައްވަމުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީން އާމިރާ ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށާް ފޮނުއްވާފައިވާ ކަމަށެވެ.

ސީއެސްސީގެ މެމްބަރު ކަމަށް އާމިރާ އައްޔަނު ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅެވެ. އެކޮމިޝަންގެ ދެންތިބި މެމްބަރުން އައްޔަނު ކުރެއްވީ ކުރީގެ ސަރުކާރުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!