ޚަބަރު

ވޯޓު ހޯދަން އެއްބަސްވުންތައް އުވާލާނީ މުނާފިގުން: އިލްޔާސް

ދެން އެމްވީ ، ދެން އޮންލައިން

ސަޕޯޓު ހޯދުމުގެ ގޮތުންވިއަސް އެއްބަސްވެފައިވާ އަހުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސަރުކާރުން ކޯލިޝަން އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައި އޮތް ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަޕޯޓު ހޯދުމުގެ ގޮތުންވިއަސް އަދި ވޯޓު ހޯދުމުގެ ގޮތުންވިއަސް ދެފަރާތުން އެއްބަސްވެފައިވާ އަހުދުތަކާއި ވައުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ތެދުވެރި އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫންކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެފަދަ ސިފައަކީ މުނާފިގުންގެ ސިފަ ކަމަށެވެ.

އެފަދަ ވާހަކަތައް ދައްކަނީ މުޖުތަމައު "ފަސާދަ" ކުރުމަށް ކަމަށާއި ދިވެހި ރައްޔިތުން އެކަމާއި މެދު ވިސްނުމަށް އިލްޔާސް ވަނީ ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!