Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިދިކޮޅުން މާދަމާގެ ޖަލްސާވެސް ބޯއިކޮޓް ކުރަން ނިންމައިފި!

އިދިކޮޅުން މާދަމާގެ ޖަލްސާވެސް ބޯއިކޮޓް ކުރަން ނިންމައިފި!

ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ ވެސް ބޯއިކޮޓް ކުރަން އިދިކޮޅު މެންބަރުން ނިންމަވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މާދަމާގެ ޖަލްސާވެސް ބޯއިކޮޓް ކުރަން އެކޯލިޝަންގެ މެންބަރުން ނިންމަވަަފައިވާ ކަމަށެވެ.

އެކޯލިޝަނުން ވިދާޅުވެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އެންގެވުމަށް އެމްޑީޕީގެ މެމްބަރުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް، ޝިޔާމްގެ ހާލު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެމްބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން އެބަޔާނުގައި އިދިކޮޅުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށާއި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާ ކަމަަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް