ޚަބަރު

ޓޫރިޒަމް ރަނގަޅުވެ، ދިވެހިންނަށް އުފާވެރިކަން އަނބުރާ ލިބޭނެ: އަފީފު

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، ދިވެހިންނަށް އުފާވެރިކަން އަނބުރާ ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޗަމްޕާ ހުސެއިން އަފީފު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރޭ ސޯޝަލް މީޑިއާގައި ކުރި އަށް ގެންދިޔަ ހަރަކާތެއްގައި ޗަމްޕާ ހުސެއިން އަފީފު ބައިވެރިވެ ވަޑައިގެން ވިދާޅުވީ އޭނާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓު އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި، ދުނިޔެއަށް ކުރިމަތިވި ގިނަ ކަންތައްތަކުން ޓޫރިޒަމަަށް އަސަރު ކުރި ކަމަށާއި ނަމަވެސް އެ ކަންކަމުން އެންމެން ގުޅިގެން ކާމިޔާބު ކަމާއެކު އަރައިގެންފައިވާ ކަމަށެވެ.

"މިވީ ދުވަސްތަކުގައި ވެސް ރާއްޖެ އިން ގިނަ ކްރައިސިސް ތަކެއް ތަހަމަލް ކުރި، ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީ ކާރިސާ އާއި ސާސް ޕެންޑަމިކް ހިމެނޭ. އެކަމަކު އެ ކަންކަމުން ވަރަށް އަވަހަށް ކާމިޔާބު ކަމާއެކު އަރައިގަތް. އެހެންމެ ޔަގީންކަން އެބައޮތް ދިވެހިންނަށް އުފާވެރިކަން އަނބުރާ ލިބޭނެ ކަމުގެ،" އަފީފު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އަފީފު ވިދާޅުވީ ޓޫރިޒަމަކީ ދިވެހިންނާ ގުޅިފައިވާ އަދި ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައި ހިއްސާ ކުރާނެ ސިނާއަތް ކަމަށެވެ.

"ފައިނޭންޝަލް ސެކްޓާ އާއި ކޮންޓްރަކްޝަން ސެކްޓާ ނޫނީ އެހެން ސެކްޓާއެއް ބެލިއަސް ޓޫރިޒަމާ ގުޅުން ބޮޑު. އެހެންވެ ވަރަށް ގޯސް އަސަރު ތަކެއް ރާއްޖެއަށް ކުރޭ. ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ އަށް ވެސް އަސަރު ކޮށްފައިވޭ،" އަފީފު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ފަހު ސަރުކާރުން ދަނީ ޖުލައި މަހު ޓޫރިޒަމް އަލުން ހުޅުވާލަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނޭ ވީޑިއޯއެއްވެސް އާންމު ކޮށްފަ އެވެ. އެވީޑިއޯ އަކީ އަންނަ މަހު ޓޫރިޒަމް އަލުން ހުޅުވާލަން ރާއްޖެ ތައްޔާރަށް އޮތްކަން ދައްކުވައިދިނުމަށް ހަދާފައިވާ ޕްރޮމޯ ވީޑިއޯ އެކެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން މީހުން އައިސްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!