ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހެދި ވީޑިއޯއަށް ހަރަދުވީ 3000 ރުފިޔާ: އަލީ ވަހީދު
ކޮވިޑް19 އާއި ގުޅިގެން ބަންދުކޮށްފައިވާ ބޯޑަރުތައް ހުޅުވާލައި އަންނަ ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް އަލުން ހުޅުވާލުމަށް، ތައްޔާރުކޮށްފައިވާ އިޝްތިހާރު ވީޑިއޯއަށް ހަރަަދުވީ 3،000 ރުފިޔާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"ދަ ސަން ވިލް ޝައިން އަަގެއިން" ގެ ނަމުގައި ރޭ ސޯޝަލް މީޑިއާގައި ލައިވްކޮށް ހިންގި ކެމްްޕޭން ފެށީ ކުރު އިސްތިހާރު ވީޑިއޯ އަކުންނެވެ. ރާއްޖޭގައި ޓޫރިޒަމްް ފެށިގެން އައި ގޮތް މިނިސްޓަރު އަލީ ވަހީދު އިސްތިހާރު ކުޅުއްވައި ވިދާޅުވެ ދެއްވީ ފިނޮޅެއްގައި އިންނަވައިގެނެވެ.
އެ ވީޑިއޯ ރިލީޒް ކުރުމާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުން ވީޑިއޯ އަށް އަމާޒުވި އެވެ. އަދި ވީޑިިއޯ ހަދަން ހަރަދުވީ ކިހާވަރެއްތޯ ސުވާލު ކުރި އެވެ.
ޓޫރިޒަމް މިނިސްޓަރު މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވީ، އޭނާ ކުޅުއްވި އިސްތިހާރު ވީޑިއޯއަކީ އެ މިނިސްޓްރީގެ ސްޓާފުންގެ ބުރަ މަސައްކަތް ކަމަށާއި އެކަމަށް 3،000 ހަރަދު ކުރީ މިއުޒިކް ކޮމްޕޯސަރަށް ދޭން ކަމަށެވެ.
Thank you @DhiyaresNews for checking on this.
“The sleek camerawork and high production value” is the hardwork of our @MoTmv staffs. Namely Sayaah, Hassan, Himu & Sharu. RF 3,000 will be paid to the music composer. So total cost of the whole ad is RF 3,000 or 194 USD. We care