ސައީދުގެ ރައްދު ނަޝީދަށް: ރައްޔިތުންނަކަށް "ސުޕަ މެޖޯރިޓީ" އޮތްކަމެއް އިހުސާސެއްނުވޭ!
ރާއްޖޭގެ ރައްޔިތުންނަކަށް މަޖިލީހުގައި އެމްޑީޕީގެ "ސުޕަ މެޖޯރިޓީ" އޮތްކަމެއް އިހުސާސެއް ނުކުރެވޭ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން މި ވިދާޅުވީ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކުން މެމްބަރުން ވަޑައިނުގެންނެވި ނަމަވެސް އެކަން އެއްވެސް ވަރަކަށް ފާހަގަވެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ނަޝީދަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ރައްޔިތުންނަކަށް ސުޕަ މެޖޯރިޓީ އޮތްކަމެއް އިޙްސާސްއެއްނުވާ ކަމަށާއި އެޖެންޑާ އަކީ ކޮބައިކަން އެނގޭވަރަކަށް އިހްސާސްވަނީ ބިރާއި ނާމާންކަން ކަމަށެވެ.
"ބަސްމަދުކޮށް ޤާނޫނުއަސާސީއަށް އިހްތިރާމްކުރައްވާ." ސައީދު ވިދާޅުވިއެވެ.
ރަތްޔިތުންނަކަށް"ސްޕަރމެޖޯރިޓީ" އޮތްކަމެއް އިޙްސާސްއެއްނުވޭ. އެޖެންޑާ އަކީކޮބައިކަންއެނގޭވަރަކަށް އިހްސާސްވަނީ ބިރާއިނާމާންކަން. ބަސްމަދުކޮށްޤާނޫނުއަސާސީއަށް އިހްތިރާމްކުރައްވާ @MohamedNasheed https://t.co/aNBo3kuoc7
— Mohamed Saeed (@em_saeed) June 9, 2020
ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝީޔާމަށް މަޖިލީހުގައި އަނިޔާކުރި ކަމަށް ބުނެ އިއްޔެ އާއި މިއަދުގެ މަޖިލިސް ޖަލްސާވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކޮޓު ކޮށްފައެވެ.
މިކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިނުގަންނަވާކަން އެހާ ބޮޑަށް ފާހަގަނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.