ޚަބަރު

ބްރޯޑްކޮމްގެ މެމްބަރު ކަމަށް އަމީނާ އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމަށް ވީޓީވީގެ ސީނިޔާ އެޑިޓަރު އައިމިނަތު އަމީނާ (އަނާ) އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

Ads by STELCO

އަނާ އައްޔަން ކުރަން ވޯޓް ދެއްވީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 63 މެމްމަބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ހަތް ނަމެއް ފޮނުވި އެވެ. އެ ލިސްޓުގައި އެންމެ ފުރަތަމަ އޮތީ އަނާގެ ނަމެވެ. އެހެންކަމުން ވޯޓަށް އެހީ އަނާގެ ނަމެެވެ. އަނާގެ ނަން ފާސްވުމުން އެހެން ނަމަކަށް ވޯޓަކަށް ނާހަ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި ލިސްޓުގައި އެ މަގާމަށް 15 މީހެއްގެ ނަން ފޮނުވި އެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ މަޝްހޫރު ޕްރެޒެންޓާ، ޝިފްލާ އިބްރާހިމް އާއި އަނާ އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު ނުޒުހާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!