ޚަބަރު

ހަށިވިއްކުމުގެ ތުހުމަތުގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަށިވިއްކުމުގެ ތުހުމަތުގައި މާލޭގެ ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ތެރެއިން ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ރޭ 8:45 ގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ގަލޮޅުގައި ހުރި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ތެރޭގައި ހަށިވިއްކަން ތިބިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތައިލެންޑު އަދި ލަންކާއަށް ނިސްބަތްވާ ދެ އަންހެނުންނާއި ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!