ޚަބަރު

ފިރިހެން ދަރިވަރުންތަކަކާ ބެހުނު ގުރުއާން ޓީޗަރު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި ފިރިހެން ދަރިވަރުންތަކަކާ ބެހުނު ގުރުއާން ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ އަކީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ފިރިހެން މީހާ އޭނާގެ ދަރިވަރުންނަށް (18 އަހަރު ނުފުރޭ ކުދިންތަކަކަށް) ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ މައްސަލަތަކެކެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!