އިނގެރޭސި ވިލާތުގެ އެންމެ 9 އަހަރުގެ ކުއްޖެއް އިސްލާމްދީން ގަބޫލުކޮށްފި
އިނގެރޭސިވިލާތުގެ އޯލްޑްހަމްއަށް ނިސްބަތްވާ ޢުމުރުން އެންމެ 9 އަހަރުގެ ރޫޑީ ނަމަކަށް ކިޔާ ފިރިހެން ކުއްޖަކު އިސްލާމްދީން ގަބޫލުކޮށްފިއެވެ.
ޚަބަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ އިސްލާމްވީ އޯލްޑްހަމްގައި ޗެރިޓީ ޖަމްއިއްޔާއެއް ހިންގަމުން އަންނަ އެ ޗެރިޓީގެ ބާނީ ޤާރީ މުޙައްމަދު ބިލާލްގެ އަތްމައްޗަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ބިލާލް ހިންގާ ގްރީންސްގޭޓް ޓްރަސްޓުން ހަފްތާ ބަންދުތަކުގައި ނިކަމެތީންނަށް ކާންދޭއިރު އެކަމުގައި ރޫޑީއާއި އެ ކުއްޖާގެ މަންމަ ބައިވެރިވެއެވެ.
ޤަބޫލު ކުރެވޭ ގޮތުގައި ރޫޑީ އިސްލާމްވާން ބޭނުންވީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި އިސްލާމްދީން ބާރު އަޅާފައިވާ މިންވަރު އިޙްސާސްވުމާ އެކުގައެވެ. ޚަބަރުތައް ބުނާ ގޮތުގައި ރޫޑީ އިސްލާމްވެ ނަމާދުކޮށް ރޯދަ ހިފާ އުޅުމަށް ރޫޑީ ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި އެހެންވެ މަންމަ ގާތުގައި އެކަމުގެ ހުއްދައަކަށް އެދުނެވެ. އަދި ދަރިފުޅުގެ ކޮންމެ ނިންމުމަކަށް ވެސް އިޙްތިރާމްކޮށް އެހީތެރިވެދޭނެ ކަމަށް ރޫޑީގެ މަންމަ ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ﷲ ތަޢާލާ ޤާރީ ބިލާލްގެ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އަދި ރޫޑީއަށް ސާބިތުކަމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ.
އެކުޑަ ކުއްޖާ އަށާއި އެކުއްޖާގެ މަންމަ އައް ހެޔޮރަހުމަތް ލައްވާށި އަދި އެކުއްޖާގެ މަންމަ އަށް އިސްލާމް ދީނުގެ ހިދާޔަތު މިންވަރު ކުރައްވާށި.
އާމީން
އާމީން
މާޝާ الله ،އެ ކުއްޖާ އަށް ދީންމަތީ ސާބިތުވެ ހުރުމުގެ ތައުފީޤް ދެއްވާށި، އާމީން
ކާފަރު މާހައުލެއްގައި އުޅެބޮޑުވާ މީހަކަށް އިސްލާމްކަން މަތީ އުޅުމަކީ ވ އުނދަގޫކަމަކަށްވާނެ، އެ މާހައުލުތައް ވަށާލެވިފައިވަނީ ޑިސްކޯއާއި ޑީޖޭ އަދި ނައިޓު ކުލަބާއި މަޖާތަކުން ފުރާލެވިފަވާ ގޮތަށް ، އެތަންތަނުން ބަންގީގެ އަޑެއް ނީވޭނެ އީމާންކަން ބަލިވެފަވާ ހިތަކަށް އީމާންކަން ވަރުގަދަ ކުރުމަށް ދަރުސްއެއް އަހާލެވޭނެ މާހަލެއްނޯންނާނެ ، އެހެންވީމަ އެ އޮންނަނީ ފަހުޒަމާނަށް އައިސް ދީންމަތީ ތިބުންވާނީ އަނގުރު އަލިފާންގަނޑެއްގައި ހިފަހެއްޓުން ފަދަ ކަމަކަށެވެ.