ޚަބަރު

މީހެއްގެ ކޭޝްކާޑުން ވަގަށް ފައިސާ ނެގި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މީހެއްގެ ދަބަހުން ކޭޝްކާޑެއް ވަގަށް ނަގައި އެ ބޭނުން ކޮށްގެން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

Ads by MWSC

ފުލުހުން ބުނީ ގއ. ކަނޑުހުޅުދޫ ގައި ދުއްވާ ދޯންޏެއްގައި މަސައްކަތް ކުރާ މީހެއްގެ ދަބަސް ތެރޭގައި އޮތް ވޮލެޓަކުން ކޭޝް ކާޑެއް ވަގަށް ނަގައި، އެ ކާޑު ބެނުން ކޮށްގެން 6000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

އަދި ބުނީ ވައްކަމުގެ އެ މައްސަލަ އިއްޔެ ރިޕޯޓް ކުރުމުން ތުހުމަތު ކުރެވުނު މީހަކު އެ އަތޮޅު ވިލިނގިލީ ޖެޓީއަށް ޑިންގީ އެއްގައި ކައިރިކުރި ވަގުތު ބަލައި ފާސްކޮށްފައިވާ ކަމަށައި ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 5590 ރުފިޔާ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނެކެވެ.

އަދި ވަގަށް ނެގި ކޭޝް ކާޑު މޫދަށް އެއްލާލާފައި އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!