Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ބުރުންޑީގެ ރައީސް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ!

ބުރުންޑީގެ ރައީސް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ!

ބުރުންދީގެ ރައީސް ޕިއާރ ކްރުންޒީޒާ ކުއްލިގޮތަކަށް އަވަހާރަ ވެއްޖެއެވެ.

ބުރުންޑީ ސަރުކާރުގެ ފަރާތުން ކުރެއްވި ޓްވީޓެއްގައި މިކަން އިއުލާނު ކުރައްވަމުން ވިދާޅުވެފައިވަނީ، ރައީސް ޕިއާރ އަވަހާރަވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

އެމަނިކުފާނު ވަނީ ބުރުންޑީގައި 15 އަހަރު ދުވަހު ވެރިކަން ކުރައްވާފައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 55 އަހަރެވެ.

Advertisement
Ooredoo — Square (box)

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސިއްޙީ ހާލަތު ގޯސްވުމުގެ ސަބަބުން ރައީސް ޕިއާރ ވަނީ މިދިޔަ ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ.

އޭގެފަހުން އިއްޔެ އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވި ކަމަށާއި ނަމަވެސް މިއަދު ކުއްލިގޮތަކަށް ހާޓް އެޓޭކެއް ޖެހި ރައީސް ޕިއާރ ވަނީ ސަލާމަތް ނުކުރެވިފައި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް