ޚަބަރު

ގޭންގުތަކުން ބަޑި ނުގެންގުޅޭ ކަމީ ބޮޑު ނަސީބެއް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ގޭންގުތަކުން ބަޑި ނުގެންގުޅޭ ކަމީ ބޮޑު ނަސީބެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޒުވާނުންނާއި ބައްދަލުކުރައްވަން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ފުލުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ފުލުހުންނަށް އިތުރު ހަތިޔާރުތައް ދިނުމުގެ ވާހަކަތަކަކީ މީގެކުރިން ވެސް ދެކެވެމުން އައި ވާހަކަތަކެއް ކަމަށާއި އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ކެބިނެޓްގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެ ބައްދަލުވުމުގެ ބައިވެރިއަކު ފުލުހުންނަށް ހަތިޔާރު ދިނުމާއި ދެކޮޅަށް ވާހަކަ ދެއްކުމުން ރައީސް ނަޝީދު ވަނީ، ފުލުހުންނަށް ހަތިޔާރު ދީފިނަމަ، އެއާއި އެއްވަރުގެ ހަތިޔާރެއް ގޭންގުތަކުން ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ދިވެހިރާއްޖޭގެ ގޭންގުތަކުން ބަޑި ނުގެންގުޅޭކަމީ ނަސީބެއް ކަމަށާއި މިހާތަނަށް ގޭންގުތަކުން ގެންގުޅެނީ ވަޅިއާއި ކަނޑިކަމަށް ވިދާޅުވިއެވެ.

"މިއީ ބޮޑު މުއުޖިޒާތެއް އަދި ނަސީބެއް، އަލްހަމްދުއްލިއްލާހި ރާއްޖޭގައި ގޭންގުތައް ބަޑި ނުގެންގުޅޭކަން. ދެން ވަޅިތާ މިއޮތްހާ ދުވަހު މިޖެހީ. އެހެންވީމަ ކައިރިވެފައި ތިބޭނީ" ނަޝީދު ވިދާޅުވިއެވެ.

ޓޭޒާ ގަން ބޭނުން ކުރަން ފެށުމަށް ފުލުހުންނަށް ތަމްރީނުތަކެއް ދީފައިވާއިރު، ފުލުހުން މި އާލާތް ބޭނުން ކުރުމާ ދެކޮޅަށް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!