Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އިމްރާން ޚާންގެ ރައްދު އިދިކޮޅަށް: ކޮވިޑް ފެތުރެނީ މިސްކިތްތަކަކުން ނޫން

އިމްރާން ޚާންގެ ރައްދު އިދިކޮޅަށް: ކޮވިޑް ފެތުރެނީ މިސްކިތްތަކަކުން ނޫން

ކޮވިޑް-19 ފެތުރެނީ މިސްކިތްތަކުން ނޫންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އިމްރާން ހާން މިހެން ވިދާޅުވީ ރޯދަމަހުގެ ތެރޭގައި މިސްކިތްތައް ނަމާދުކުރެވޭ ގޮތަށް ހުޅުވާފައި ހުރުމުން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައި ވާތީއެވެ.

އިމްރާން ވިދާޅުވީ މިސްކިތްތައް ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބެ ނަމާދުކުރާ ގޮތަށް ކަމަށާއި އެގޮތަށް އެކަން ކުރުމަށް ސަޕޯޓު ކުރި ބަޔަކު ތިބި ކަމަށެވެ.

Advertisement
HDC — Sidebar (box)

ޕާކިސްތާނުގެ މިސްކިތްތަކުގައި ނަމާދުކުރާ މީހުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅާތޯ ބަލަމުން ދަނީ ބޮޑުވަޒީރު އުފެއްދެވި ޚާއްޞަ ޓާސްކް ފޯހެއްކަމުގައިވާ "ޓައިގަރ ފޯސް"އިންނެވެ.

"ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާނެ މީހުން ބޭނުން. ހޭލުންތެރިކަން އުފައްދާނެ މީހުން ބޭނުން. ދަރުމައަށް މަސައްކަތް ކުރާނެ މީހުން ވެސް ބޭނުން." ޢިމްރާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ޢިމްރާނު ވިދާޅުވީ އޭނާ އުފައްދާފައިވާ "ޓައިގަރ ފޯސް"ގެ މަސައްކަތްތަކުގެތެރޭގައި ތަކެތީގެ އަގުބޮޑުވުން ކޮންޓްރޯލު ކުރުމާއި ކާބޯތަކެތި ފޮރުވައިގެން ގެންގުޅޭ މީހުން ހޯދުމާއި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ލުއިފަސޭހަކޮށްދިނުން ހިމެނޭކަމަށެވެ. އަދި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮއްފުޅަގީގެ އުނދަލުން ސަލާމަތް ކުރުމަށް ވެސް އެމީހުންގެ އެހީތެރިކަން ލިބޭނޭކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް