ޚަބަރު

ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވުރެ ރަނގަޅުވި މީހުންގެ އަދަދު އިތުރު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ މީހުންނަށްވުރެ އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރު ވެއްޖެއެވެ.

Ads by STELCO

ރާއްޖެއިން ކޮވިޑް-19 ޖެހި އެ ބަލިން އިއްޔެ އިތުރު 85 މީހަކު ރަނގަޅުވެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 1،010 އަށް އަރާފައެވެ. ރާއްޖެއިން ޖުމްލަ 1،942 މީހަކު ވަނީ ކޮވިޑް19 އަށް ފައްސި ވެފައެވެ.

އަދި މި ވަގުތު ފަރުވާދެމުން ދަނީ 922 މީހުންނަށެވެ. އެހެންކަމުން ފައްސި ކޭސްތަކަށްވުރެ މިހާރު ގިނައީ ބަލިން ރަނގަޅުވި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު 922 އެކްޓިވް ކޭސް ހުރިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 939 މީހުން އެބަތިބި ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 523 މީހުން ތިބި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް އަށް މީހަކު މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!