Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފި

ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ވިލިނގިލި ވަލުތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 347 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް