ޚަބަރު

ދެވަނަ ފިޔަވަހީގައި ލޮކްޑައުންއަށް ދޭނެ ލުއިތައް މިރޭ އިއުލާނު ކުރާނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މާލޭގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ ދެވަނަ ފިޔަވަހީގައި ދޭނެ ލުއިތައް މިރޭ އިއުލާނު ކުރާނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުން އަށް ލުއި ދީފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ލޮކްޑައުންއަށް ލުއި ދީފައި ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކުރެވުނު މުއްދަތު ފަހަނައަޅާގޮސް، ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއި ގުޅިގެންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމުގެ ދެވަނަ ފިޔަވަހީގައި ދޭނެ ލުއިތަކުގެ މައުލޫމާތުތައް މިރޭ ހެލްތް މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ. އެންއީއޯސީގައި ބާއްވާ އެ ބައްދަލު ވުމުގައި ހެލްތް މިނިސްޓަރު އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިހާރު ލޮކްޑައުންއަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ގެއިން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބައެއް ފިހާރަތަކާއި، އޮފީސްތައްވެސް ވަނީ ހުޅުވާފައެވެ. މިއާއިއެކު މުޖުތަމުގައި ބަލި އޮތް މިންވަރު ބެލުމަށް ކޮންމެ ދުވަހަކުވެސް މަގުމަތިންނާއި، ބިދޭސީން ގިނައިން އުޅޭ ސަރަހައްދު ތަކުން ދަނީ ސާމްޕަލްތައް ނަގައި ޓެސްޓް ހަދަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!