Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފިރިހެން ކުއްޖަކާ ބެހުނު 2 މީހަކު ހައްޔަރު ކޮށްފި

ފިރިހެން ކުއްޖަކާ ބެހުނު 2 މީހަކު ހައްޔަރު ކޮށްފި

އުތުރުގެ ރަށެއްގެ 16 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަގޫކުރާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމަށް އެކުއްޖާއަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެވެ އެވެ. އެ ފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ.

އުތުރުގެ އެހެން ރަށެއްގައި ހިންގާ ގުރުއާން ކްލާހެއްގައި ކިޔަވާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ގުރުއާން ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް