މުނިފޫހިފިލުވުން

މަރުވުމަށް ފަހުގައި ވެސް އައިޝްވާރިޔާގެ ލޮލަށް ފެންނަށް އޭނާ ބޭނުންވޭ

ދެން އެމްވީ ، ދެން އޮންލައިން

1994 ގައި ދުނިޔޭގެ ރީތީގެ ރާނީގެ މަޤާމު ހޯދި އައިޝްވާރިޔާގެ ރީތި ފެހި ކުލައިގެ ދެ ލޮލަކީ އެތައް ބައެއްގެ ހިތް ކަތިލާފަދަ ދެލޮލެވެ. އޭނާގެ ރީތި ކަމާއި ހުނަރުވެރިކަމުގެ ސަބަބުން ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓްރެސް އަކީ ވެސް އޭނާ އެވެ.

Ads by Hajj Corporation

ލެޖެންޑްރީ އެކްޓަރ އަމީތާބު ބަޗަންގެ ދަރިފުޅު އަބީޝެކް ބަޗަންގެ އަނބިމީހާ އައިޝްވާރިޔާ މީގެ 10 އަހަރު ކުރިން ވަނީ ވަރަށް ބޮޑު ނިންމުމެއް ނިންމާފައެވެ. އެއީ އޭނާ މަރުވިޔަސް އޭނާގެ ދެލޮލުން ، މީހަކަށް ފެނުން ހޯދައި ދިނުމެވެ. މިކަމަށްޓަކައި އޭނާ ވަނީ އޭނާގެ ލޯ ހަދިޔާ ކުރުމަށް ނިންމާ އެކަމުގެ ވަސިއްޔަތް ކޮށްފައެވެ. އޭނާގެ ލޯ ހަދިޔާ ކުރަން ނިންމާފައިވަނީ ''އައި ބޭންކް އެސޯސިއޭޝަން އޮފް އިންޑިއާ'' އަށެވެ. އައިޝްވާރިޔާ މަރުވުމުން އޭނާގެ ލޯ ނަގާ އެ އެސޯސިއޭޝަނުން ބޭނުން ޖެހިފައިވާ މީހަކަށް އައިޝްވާރިޔާގެ ލޯ ހަދިޔާ ކުރާނެއެވެ.

މި ނިންމުމާއި ގުޅިގެން މީގެ ކުރިން އައިޝްވާރިޔާ ބުނެފައިވަނީ އޭނާގެ ލޯ ހަދިޔާ ކުރުމުގެ ސަބަބުން އާންމުން އޭނާގެ މަތިން ހަނދާން ކުރަން އޭނާ ބޭނުންވާ ކަމަށެވެ.

ތަމަޅަ ފިލްމް ''އިރުވަރު'' އިން ފިލްމީ ހަޔާތް ފެށި އައިޝްވާރިޔާ މަޝްހޫރު ވެގެން ދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން އާއި އެކު ކުޅުނު ފިލްމް ހަމްދިލްދޭ ޗުކޭ ސަނަމް އިންނެވެ. އޭނާ އަކީ ފިލްމް ފެއަރއެވޯޑާއެކު އެތައް އެވޯޑެއް ހާސިލް ކޮށްފައިވާ ފަންނާނެކެވެ. މީގެ ތެރޭގައި އިންޑިއާ ސަރުކާރުން ، ހަތަރުވަނައަށް އަރުވާ އެންމެ މަތީ ލަޤަބު ޕަދުމާ ޝްރީ އެވޯޑް ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!