Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދޭނެ ލުއިތައް އިއުލާން ކުރުން މާދަމާ ރެއަށް ފަސްކޮށްފި!

ދޭނެ ލުއިތައް އިއުލާން ކުރުން މާދަމާ ރެއަށް ފަސްކޮށްފި!

ދެވަނަ ފިޔަވަހީގައި ދޭނެ ފުރަބަންްދަށް ދޭނެ ލުއިތައް އިއުލާނު ކުރުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ކުރިން ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެލުއިތައް އިއުލާނު ކުރާގޮތަށެވެ. ނަމަވެސް މިރޭގެ ބައްދަލުވުން ފަހުން ވަނީ ކެންސަލުކޮށް، މާދަމާރެއަށް ފަސްކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އަންޑަ ސެކްރަޓެރީ އަދި ކޮވިޑް ކަންތަކުގައި ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މަބްރޫކު އަޒީޒު އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ ބައެއް ކަންކަން ފައިނަލް ކުރަން ހުރުމުން ކަމަށެވެ.

Advertisement
Ooredoo — Square (box)

"އަދިވެސް ބައެއް ކަންކަން ދަނީ ފައިނަލް ކުރަމުން. ލުއިތައް މާދަމާ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައިނަލް ކުރާނެ" މަބްރޫކް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް