ޚަބަރު

މިއަދު އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިއަދު އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 20 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، ބަންގްލަދޭޝްގެ ހަތަރު މީހެއް ކަމަށެވެ.

މި 20 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 1962 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 825 މީހުންނަށެވެ.

މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 1121 މީހުން ރަނގަޅުވެފައިވާއިރު 8 މީހަކު ވަނީ ނިޔާވެފައެވެ. އަދި 10 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އައިސޮލޭޝަން ފެސިލިޓީސްތަކުގައި މިވަގުތު 932 މީހުން ތިބިއިރު، ކަރަންޓީނު ފެސިލިޓީސްތަކުގައި 398 މީހުން އެބަ ތިބި ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!