ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 111 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 111 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 111 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވެ، ރަނގަޅުވި މީހުންގެ އަދަދު 1121 އަށް އަރާފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބަލިި ގިނައިން ޖެހިފައިވަނީ ބިދޭސީންނަށް ނަމަވެސް ރަނގަޅުވި މީހުންގެ ތެރެއިން ގިނައިން ހިމެނެނީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު އުޅެނީ 1962 ގައެވެ. 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އަށް މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީ އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!