ޚަބަރު

މިއަދު ފައްސިވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން!

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ކޮވިޑް-19 އަށް ފައްސިވި 20 މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by STELCO

މިއަދު ފައްސިވި 20 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، ބަންގްލަދޭޝްގެ ހަތަރު މީހެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ މީހުންގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކާއި، ފަސް އަހަރުގެ ކުޑަ ކުއްޖަކާއި ހަތް އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ.

މި 20 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 1962 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 825 މީހުންނަށެވެ.

މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 1121 މީހުން ރަނގަޅުވެފައިވާއިރު 8 މީހަކު ވަނީ ނިޔާވެފައެވެ. އަދި 10 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އައިސޮލޭޝަން ފެސިލިޓީސްތަކުގައި މިވަގުތު 932 މީހުން ތިބިއިރު، ކަރަންޓީނު ފެސިލިޓީސްތަކުގައި 398 މީހުން އެބަ ތިބި ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!