ޚަބަރު

ޗައިނާއިން ރާއްޖެއަށް 65000 ޕީޕީއީ ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އިތުރު 65000 ޕީޕީއީ ހަދިޔާކޮށްފިއެވެ.

Ads by MWSC

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ މިއީ ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތިންވަނަ ބެޗް ކަމަށެވެ.

އެގޮތުން ޗައިނާ އިން މިއަދު ރާއްޖެ ގެނެސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 5،000 ފޭސް މާސްކާއި، 5،000 ސާޖިކަލް މާސްކު، 5،000 ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން 5،000 މެޑިކަލް ގޮގުލްސް އެވެ.

ކޮވިޑް އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީީވުމުގެ ގޮތުން ޗައިނާގެ ސަރުކާރާއި އެގައުމުގެ ބައެއް ކުންފުނިތަކުން ވަނީ ރާއްޖެއަށް ސިއްހީ ގިނަ ސާމާނުތަކެއް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި ވެންޓިލޭޓަރާއި، މާސްކު ފަދަ ތަކެތި ހިމެނެއެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުން މިހާރު ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދޭން ވެސް ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!