ޚަބަރު

ވޭޕް އާއި އޭގެ ފްލޭވާއިން 200 ޕަސެންޓް ޑިއުޓީ ނަގަނީ

ދެން އެމްވީ ، ދެން އޮންލައިން

ވޭޕް އާއި އޭގެ ފްލޭވާއިން 200 ޕަސެންޓް ޑިއުޓީ ނަގަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

Ads by STELCO

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ.

އެ އިސްލާހު ފާސް ވެއްޖެ ނަމަ މިހާރު 650 ރުފިޔާއަށް ލިބޭ ވޭޕެއް ދެން ގަންނަން ލިބޭނީ 1950 ރުފިޔާއަށެވެ. އޭގެ ތެރެއިން 1300 ރުފިޔާ އަކީ ސަރުކާރަށް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭނެ ފައިސާއެވެ.

މިހާރު 300 ރުފިޔާއަށް ލިބޭ ފްލެވާއެއް ދެން ގަންނަން ލިބޭނީ 900 ރުފިޔާއަށެވެ. އޭގެ ތެރެއިން 600 ރުފިޔާ އަކީ ޑިއުޓީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭނެ ފައިސާއެވެ.

އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ކަނޑަން ހުށަހަޅާފައިވާއިރު، ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

އިމްޕޯޓު ޑިއުޓީއަށް އަދި ކަސްޓަމްސް ޑިއުޓީއަށް ގެންނަ ބަދަލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!