ޚަބަރު

ޓޫރިޒަމް ހުޅުވާލާއިރު، ޓޫރިސްޓުން ކަރަންޓީނެއް ނުކުރާނެ!

ދެން އެމްވީ ، ދެން އޮންލައިން

ޖުލައި މަހު ރާއްޖެ ޓޫރިޒަމްއަށް ހުޅުވާލާ އިރު، އެއްވެސް ފަތުރުވެރިއަކު ކަރަންޓީނު ނުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަ ކޮށްފިއެވެ.

Ads by STELCO

ރޭ ޓުއަރިޒަމް މިނިސްޓްރީ އާންމުކުރި ވީޑިއޯގައި ބުނާ ގޮތުން، ހުރިހާ ފަތުރުވެރިންނަށްވެސް އޮން އަރައިވަލް ވިސާ ލިބިގެން ދާނެއެވެ. އަދި ކަރަންޓީނު ކުރުމެއް ވެސް ނޯންނާނެއެވެ. މީގެ އިތުރުން، އެއްވެސް އިތުރު ފީއެއް، ޚަރަދެއްވެސް ނޯންނާނެ ކަމަށް އެ ވީޑިއޯގައި ހާމަ ކޮށްފައިވެއެވެ.

ހަމައެއާއެކު ޓޫރިސްޓުން އަތުން އިތުރު އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނަގާނެ ކަމަށާއި ކުރިއަށްވުރެ ރަނގަޅު ހޮލިޑޭ ޕެކޭޖުތައް ލިބޭނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެ އެވެ.

މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ޝާއިރު ކޮށްފައިވާ ދެވަނަ ވީޑިއޯއެވެ. މީގެ ދެ ދުވަސް ކުރިން އެ މިނިސްޓްރީ އިން ވަނީ މިނިސްޓްރަ އަލީ ވަހީދު ފިނޮޅެއްގައި މަސައްކަތް ކުރުމަށް ފަހު، ދުވެފައި ގޮސް ޑިންގީ އަކަށް އަރާ ދުއްވާލާތަން ފެންނަ ވީޑިއޯއެއްވެސް ޝާާއިރު ކޮށްފައެވެ.

ޖުލައި މަހު ޓޫރިޒަމް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެއީ ސީދާ ކޮން ތާރީހެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!