ނިއުޒިލޭންޑުގެ އިތުރުން ކޮވިޑް19 ނެތް 5 ގައުމެއް
ނިއުޒީލެންޑުގައި ދާދި ފަހުން ވަނީ އެ ގައުމުގައި ކޮވިޑް19 ނެތް ކަން އިއުލާނުކޮށްފައެވެ. ނަމަވެސް ދުނިޔޭގައި ކޮވިޑް19 ނެތް ހަމަ އެކަނި ގައުމަކީ ނިއުޒީލެންޑެއް ނޫނެވެ. މި ހިމަނާލަނީ ނިއުޒީލެންޑުގެ އިތުރުން ކޮވިޑް19 ނެތް ކަން އިއުލާނުކޮށްފައިވާ ގައުމުތަކުގެ ލިސްޓެކެވެ.
1. ވަޓިކަން
އޮސްޓްރިއާ ގެ ގައުމެއްކަމަށްވާ އެއްކަމަށްވާ ވާޓިކަން އިން ކޮވިޑް19 ނައްތާލެވިފާއިވާކަން އިއުލާނުކޮށްފައިވަނީ ޖޫން 6 ގައެވެ. އެގައުމުން ކޮވިޑް19 ޖެހުނު 12 މީހުން ވެސް ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.
2. ފީޖީ
ފީޖީ އިން ކޮވިޑް19 ޖެހުނު 18 މީހުން ބަލިން ރަނގަޅުވެެ، އެގައުމުގައި ކޮވިޑް19 ނެތްކަން އިއުލާނުކޮށްފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. ފިޖީ ގެ ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި އެގައުމުން ކޮވިޑް19 ގެ ކޭސް އެއް ނުފެންނަތާ މިހާރު ވަނީ 45 ދުވަހަށް ވުރެ ގިނަ ދުވަސްވެފައެވެ. އެ ގައުމުން އެއްވެސް މީހަކު ބަލީގައި މަރުވެފައިނުވާއިރު ހުރިހާ މީހުން ވަނީ ރަނގަޅުވެފައެވެ.
3. ތަންޒޭނިއާ
ތަންޒޭނިއާ ގެ ރައީސް ވަނީ އެގައުމުގައި ކޮވިޑް19 ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ގައުމުން ކޮވިޑް19 އާ ބެހޭ އެއްވެސް ތަފާސް ހިސާބެއް އާންމު ނުކުރާތަން މިހާރު ވަނީ ހަ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައެވެ. ތަފާސް ހިސާބުތައް އާންމުކުރުން ހުއްޓާލި އިރު އެގައުމުގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އުޅެނީ 500 އަށް ވުރެ މަތީގައެވެ.
4. ސީޝެލްސް
ޖަޒީރާ ގައުމެއް ކަމުގައިވާ ސީޝެލްސްއިން ކޮވިޑް19 ނެތްކަން އިއުލާނުކޮށްފައިވަނީ މޭ 18 ވަނަ ދުވަހުއެވެ. އެ ގައުމުން ބަލި ޖެހުނު 11 މީހުންވެސް ވަނީ އެ ދުވަހު ރަނގަޅުވެފައެވެ.
5. ޕަޕުއާ ނިއު ޖެނުއާ
ޕެސިފިކް ގައުމެއް ކަމުގައިވާ ޕަޕުއާ ނިއު ޖެނުއާ އިން ކޮވިޑް19 ނެތް ކަން ހާމަކޮށްފައިވަނީ އެގައުމުން ބަލި ޖެހުނު 24މީހުން ރަނގަޅުވުމާއެކު މެއި 4 ވަނަ ދުވަހުއެވެ.