ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހުނު 90 ކުޑަކުއްޖަކު ބަލިން ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ކުޑަކުދިންގެ ތެރެއިން 90 ކުދިން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މިހާތަނަށް 20 އަހަރުން ދަށުގެ 163 މީހުންނާއި ކުދިން ވަނީ ބައްޔަށް ފައްސިވެފައެވެ.

ކޮވިޑްގެ މައުލޫމާތު ގެނެސްދޭ ޑޭޝްބޯޑުގައި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ 8 ޕަސެންޓު މީހުންނަކީ އުމުރުން 20 އަހަރުން ދަށުގެ ކުދިންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 10 އަހަރުން ދަށުގެ 26 އަންހެން ކުދިންނާއި 37 ފިރިހެން ކުދިންނަށް ވަނީ ބަލި ޖެހިފައިވެއެވެ. އަދި 11 އަހަރާއި 20 އަހަރާއި ދެމެދުގެ 39 އަންހެން ކުދިންނާއި 61 ފިރިހެން ކުދިންނަށް ވަނީ ކޮވިޑް ޖެހިގައެވެ.

ކޮވިޑަށް ފައްސިވި 20 އަހަރުން ދަށުގެ މީހުންނާއި ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް ޖެހުނު 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 90 ކުދިންވަނީ ބަލިން ރަނގަޅުވެފައެވެ. އެއީ 54 ފިރިހެން ކުދިންނާއި، 36 އަންހެން ކުދިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!