ޚަބަރު

މެކްޓެކް ފިހާރައިން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Police, ފުލުހުން

މާލޭ އަމީނީމަގު ގައި ހުންނަ މެކްޓެކް ފިހާރަ ފަޅާލައި، އެފިހާރައިން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:01 ހާއިރު ކަމަށެވެ.

މި ވައްކަމާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން، 95،000 ރުފިޔާ އާއި 17،00 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް މައުލޫމަތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މެކްޓެކް ފިހާރައިން މިއަދު ވައްކަން ކޮށްފައިވާއިރު އިއްޔެ ހެނދުނު ހުޅުމާލޭގައި ހުންނަ މީރާ އޮފީސް ފަޅާލާ 37،000 އަށްވުރެ ގިނަ ރުފިޔާ ވެސް ވަނީ ވަގަށް ނަގާފައެވެ.

މީރާ އޮފީހުން އެފައިސާތަކާއެކު ރެވެނިޔު ސްޓޭމްޕްތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!