Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

އިންޑޮނޭޝިއާ އަދި މެލޭޝިއާ ރައްޔިތުން މި އަހަރު ހައްޖަށް ދިއުން މަނާ ކޮށްފި

އިންޑޮނޭޝިއާ އަދި މެލޭޝިއާ ރައްޔިތުން މި އަހަރު ހައްޖަށް ދިއުން މަނާ ކޮށްފި

މެލޭޝިއާ ގެ ރައްޔިތުން މި އަހަރު ހައްޖަށް ދިއުން އެ ގައުމުގެ ސަރުކާރުން މަނާ ކޮށްފިއެވެ. ކޮވިޑް19 އާ ގުޅިގެން މެލޭޝިއާ އިން ހައްޖަށް ދިއުން މަނާ ކޮށްފައިވާއިރު މިދިޔަ ހަފްތާގައި އިންޑޮނޭޝިއާ އިން ވެސް ވަނީ ކޮވިޑް ގެ ސަބަބުން އެ ގައުމުން ރައްޔިތުން ހައްޖަށް ނުފޮނުވާނެ ކަން އިއުލާނުކޮށްފައެވެ.

ކޮންމެ އަހަރަކު ހައްޖު މޫސުމުގައި މެލޭޝިއާ ގެ ދިހަ ހާހަށް ވުރެ ގިނަ ރައްޔިތުން ހައްޖަށް ދެއެވެ. މިއަހަރު ނުދެވުނު ކަމުގައި ވިޔަސް މެލޭޝިއާ ގެ ހައްޖު ކުއޯޓާ އިންނަ ގޮތުން މިއަހަރު ދާން ބޭނުން ބޭނުން ވި މީހުނަށް ވެސް ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ދެވޭނެއެވެ.

މެލޭޝިއާ ގެ ރިލީޖިއަސް އެފެއާސް މިނިސްޓަރު ވިދާޅުވީ ގޮތުގައި ސަރުކާރުން އެ ފިޔަވަޅު އަޅާފައިވަނީ މިހާތަނަށް ވެކްސިން އެއްވެސް ހޯދިފައި ނުވުމާއެކު ކޮވިޑް19 އިން ރައްޔިތުން ރައްކާތެރިކުރުމަށެވެ.

Advertisement
HDC — Sidebar (box)

އޭނާ ވަނީ ރައްޔިތުން މިހާލަތުގައި ކެއްތެރިވުމަށް ވެސް އެދިފައެވެ.

ސައުދީ އަރަބިއާ އިން ވެސް ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން ކޮވިޑް19 ގެ ސަބަބުން ހައްޖާއި އުމްރާވެރިން އައުން ހުއްޓާލުމަށް ނިންމާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް