ޚަބަރު

ކަރެކްޝަންސްގެ ޖަލުތައް ފުރިގެން 58 ގައިދީއަކު ފުލުހުންގެ ބެލުމުގެ ދަށުގައި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރިގެން ފުލުހުންގެ ބެލުމުގެ ދަށުގައި 58 ގައިދީން ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

ފުލުހުން ބުނީ ކަރެކްޝަންސްއާ ހަވާލުކުރަން ޖެހޭ 58 ގައިދީއަކު މިވަގުތު އެ މުއައްސަސާގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދު ކުރެވިފައި ތިބި ކަމަށެވެ.

އެ ގައިދީންގެ ތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒުކުރުމަށް ހަވާލުކުރަން ޖެހޭ މީހުން ކަމަށާއި އަނެއް އަށް ގައިދީންނަކީ ރިމާންޑަށް ހަވާލުކުރަން ޖެހޭ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ 58 ގައިދީން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ކަރެކްޝަންސްގެ ޖަލުތައް ފުރި އެ ސާވިސް އިން އެމީހުންނާ ހަވާލުވުމަށް އުޒުރުވެރިވާތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ގައިދީންގެ ތެރެއިން އަށް ގައިދީއަކު އިއްޔެއިން ފެށިގެން ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މިހާރު ކާން ފަށާފައިވާ ކަމަށެވެ. އަދި އެމީހުން ކެއުމަށް އިންކާރުކޮށްފައިވަނީ އެމީހުން ކަރެކްޝަންސްއާ ހަވާލުކުރުން ލަސްވާތީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!