ދުނިޔެ

އިންޑިއާގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ބަލި ޖެހިފައިވާ މީހުންނަށްވުރެ އިތުރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ވިޑް-19 ގެ އެކްޓިވް ކޭސްތަކަށް ވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އިތުރުވެފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

Ads by Sosun Fihaara

ހެލްތު މިނިސްޓްރީން ބުނީ ބަލިން ރަނގަޅުވެގެން 141،119 މީހުން ދޫކޮށްލާފައިވާ އިރު ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 138،445 މީހުން ކަމަށެވެ. އޭގެ ތެރޭން ސީރިއަސް ކޭސްތަކުގެ ގޮތުގައި ބަލާފައި ވަނީ 8،944 އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 287,679 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 8،115 މީހުންނެވެ. އެކަމަކު ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކާ އަޅާ ބަލާއިރު އިންޑިއާގައި މީހުން މަރުވި ރޭޓް ދަށެވެ.

އިންޑިއާގެ ލޮކްޑައުން އަށް މިދިޔަ މަހު މެދުތެރޭން ފެށިގެން ދޫދޭން ފެށުމާ އެކު ވަނީ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށައިފަ އެވެ. ޓެސްޓް ކުރެވޭ އަދަދު ދަށްވުމުން އިންޑިއާގައި ބަލީގެ ނުރައްކާ އޮތް އަސްލު މިންވަރެއް ނޭނގެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!